Maldives Real Time Facts & : ތާރީހީ އާދަކާދަ https://heerasnews.com/rss/category/ތާރީހީ އާދަކާދަ Maldives Real Time Facts & : ތާރީހީ އާދަކާދަ dv ކޮޕީރައިޓް: Heerasnews llp (P013622021) މުއިއްޒުގެ ގައުމިއްޔަތަކީ ރަންނަމާރިއާއި ފުރާވަރު އަންހެންކުއްޖެއް!! https://heerasnews.com/2104 https://heerasnews.com/2104 ދިވެހީންގެ ރާއްޖޭގައި ރައީސް މުއިއްޒު ދިރުވާ ގައުމިއްޔަތުގެ ވާހަކަ ދައްކާލަމާ ބަހީއެވެ. ދިވެހީންނަށް ދިވެހީންގެ ރާއްޖެ އަނބުރާ ހޯދާ ދިނުމަކީ ރައީސް މުއިއްޒުގެ އަޒުމެކެވެ. ކާބަފައިން އުޅުނު ހާސްކަމެއް ނެތް ދިވެހިންގެ ރާއްޖެއަށް ހިތުލޯބިން ދާން ބޭނުން ނުވާނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ގައުމިއްޔަތު ދިރި އޮންނާނީވެސް އޭރުންނެވެ. ގައުމިއްޔަތު ދިރުވަން ވުޒާރާ ހަދައިގެން ރައީސް މުއިއްޒު ކުރަން އުޅެނީ ކީއްކަމާ މެދު ވިސްނާލުމުން ލޯބިން މަރުވާ ވަރުވެއެވެ.

ދިވެހިންނަކީ ރަށުން ލިބެން ހުރި އެއްޗެތި ބޭނުންކޮށްގެން އޮޑި ދޯނިފަހަރު ބަނދެގެން ދަތުރު ފަތުރު ކުރިބައެކެވެ. ބޮޑު ހަރަދުކޮށްގެން ދަރާވިކިގެން މަތިންދާ ބޯޓާއި ހައިސްޕީޑް ލޯންޗް ފަހަރާއި އިންޖީނު އެޅި ދޯނިފަހަރުގައި ދަތުރު ފަތުރުކޮށް އުޅުނު ބަޔަކު ނޫނެވެ. ދަރާ ވިކިގެން މިހާރު މި ޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. އިހުގައި އުޅުނުހެން ފައްޔާއި ފަންރިޔަލުގައި މިއަދުވެސް ދަތުރު ކުރެވޭނެ ނޫން ހެއްޔެވެ. އޭރަކުން ދަނގަޑާ ފައިބަރާއި ތެލަށް ހަރަދުކޮށްގެން މިޖަހާ މަރުފަލި ޖަހާކަށް ނުޖެހޭނެއެވެ. ގައުމިއްޔަތު ދިރުވުމަކީ އެއީ ނޫން ހެއްޔެވެ.

ވިލަޔަށް ވާހަކަ ގޮވާވަރުގެ ކޮންހާ އުސް އިމާރާތެއް އަޅާކަށް ހެއްޔެވެ. ކުޑަކުޑަ މަސައްކަތަކުން ފަންޖިފުޑިއެއް އަޅާލައިގެން ކާޅިވައް ދިއްލައިގެން ކަށިކެޔޮފަތު ފަންކާއަކުން ވިހެލައިގެން ރޯނުފުރި އެނދެއްގައި ނިދަލައިގެން އުޅުމަކީ ކިހާ އުފާވެރިކަމެއް ހެއްޔެވެ. ގޮނޑު ދޮށާއި ހަނޑަސްބުރިއަށް ގަލޯހާޖާކޮށްގެން މިސްކިތުވަޅުން ފެންވަރާލައިގެން ނޫޅެންވީ ކީއްވެ ހެއްޔެވެ. މުންޑެއް އަނދެ ބޮލުގައި ފޮށައެއް އޮޅާލައިގެން އުޅޭއިރު މާ ފިރިހެން ނޫން ހެއްޔެވެ. އަންހެނުން ކަނޑިއްކާއި ދިވެހި ލިބާސް ލީމާ އެހުންނަ ބަނިޔާދަންކަން ނުހޯދާންވީ ކީއްވެހެއްޔެވެ. ދިވެހިންގެ ގައުމިއްޔަތަކީ އެއީ ނޫން ހެއްޔެވެ.

އެދުރުގެއަކަށް ގޮސް ހަތިމްކޮށްލާ އެއްކޮށް ކަނޑާ ގުނަކޮށްލަން އެނގޭވަރުވީމާ ނިމުނީ ނޫން ހެއްޔެވެ. ކޮންހާ ކޮލަޖަކާ ޔުނިވަރސިޓީއެއް ހަދައިގެން އުޅޭކަށް ހެއްޔެވެ. ދިވެހީންގެ ގައުމިއްޔަތުގައި އެދުރުގެ ވަރެއް ނޯންނާނެ ނޫން ހެއްޔެވެ. 

ފޫޅުމައިންނާއި ހަކީމުން ތިބީމާ ނިމުނީ ނޫންހެއްޔެވެ. ހޮސްޕިޓާތަކާއި ޑޮކްޓަރުންނާއި ނަރުހުން ތިބުމުގެ ބޭނުމެއް ނެތެވެ. ދިވެހީން އުޅުނީކީ އެމީހުން ތިބެގެނެއް ނޫނެވެ. 

ދޮން މީހުން ގެނެސްގެން ހޭނުބަހައްޓާ ޑޮލަރު ހޯދަން ތެޅިފޮޅުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ. ފަޅުގައި އޮންނަ ވެހިމަސްގަނޑަށް ދޮށި އުކާލިޔަސް ލައިގެން ކާވަރުވާނެއެވެ. ދިޔާހަކުރާ ގަބުޅިއާއި ވަޅޯމަހާ ހުރިއްޔާ ފުރާގު ލިބޭނެއެވެ. ކޮންހާ މަރު ސަކަރާތެއް ޖަހާކަށް ހެއްޔެވެ.

ކޮންޕިއުޓަރާއި މޮބައިލް ފޯނާއި އިންޓަނެޓަކީ ދިވެހީންގެ ރާއްޖެއާއި ގުޅުމެއް ހުރި އެއްޗިއްސެއް ނޫނެވެ. ދިވެހި ގައުމިއްޔަތާ އެއްވެސް ރައްޓެހިކަމެއް ހުރި އެއްޗިއްސެއް ނޫނެވެ. 

ރައީސް މުއިއްޒުގެ ދިވެހިންގެ ރާއްޖޭގެ ގައުމިއްޔަތަކީ ރަންނަމާރިއާއި ފުރާވަރުގެ އަންހެން ކުއްޖަކަށް ނުވިއްޔާ ކިތަންމެ ހާވެސް ރަގަޅެވެ.  

]]>
Fri, 15 Dec 2023 16:58:25 +0500 ހީރަސްނިއުސް
ގާސިމަށް އޮތް ކިންގ މޭކަރކަން ހަތިމުވީ ކިހިނެތް! https://heerasnews.com/2058 https://heerasnews.com/2058 ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް ކިތަންމެ ކުރަސް ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރެވިއްޖެއެވެ. ޑިމޮކްރެޓިކް ހަޔާތުގެ ތެރެއިން ތަޖުރިބާ ކުރެވުނު އެއްކަމަކީ ކިންގމޭކަރުން އުފެދުމާއި ކިންގ މޭކަރކަން ދެމިއޮތުމާ ނެތުމެވެ. 

ރާއްޖޭގައި ސިޔާސީ އިސްލާހީ ހަރަކާތް ފުޅާދާއިރާއެއްގައި ހިނގައިގަތީ އީވާނު ނަސީމްގެ މަރާ ގުޅިގެން އެތެރެއާއި ބޭރުން އޭރުއޮތް ސަރުކާރަށް ހުރި ޕްރޭޝަރތައް ކަނޑުވާލަން ސަރުކާރުން ދިން ލުއިތަކުގެ ތެރެއިންނެވެ. ރައީސް ކަމުގެ ހަވަނަ ދައުރެއް ރައީސް މައުމޫނު ފެއްޓެވީ އީވާން ނަސީމު ޖަލުގައި މަރާލެވުމާއި ގުޅިގެން އުފެދުނު ހަމަ ނުޖެހުމުގައި ޖަލުގައި ބަޑިޖަހައިގެން އެތައް ބަޔަކު މަރުވެ މުޅި މާލޭގައި ހުޅުޖެހުމާއި އަނިޔާވެރިކަން އާއްމުވެ ނުރައްކަލަށް ވެއްޓުނު ދުވަހުގެ ފަހުންނެވެ. 2003 ވަނަ އަހަރުގެ ސެޕްޓެމްބަރ 19، 20ގެ ފަހުންނެވެ. 

ވެވަޑައިގެން މަޖުބޫރާއެކު ރައީސް މައުމޫނު ދޫދެއްވެވީ އިމެއްނެތިއެވެ. ކިޔާނެ އެއްޗެއް ކިޔަންވީއެވެ. ލިޔާނެ އެއްޗެއް ލިޔަންވީއެވެ. ނަތީޖާއެއްގެ ގޮތުން އެތެރެއާއި ބޭރުގައި އިސްލާހުގެ ނަމުގައި ސިޔާސީ ހަރަކާތްތައް ފެށުނީ ފަތުއަޑު ކިޔާފައެވެ. ގަބޫލު ކުރިޔަސް ނުކުރިޔަސް ރައީސް މައުމޫނާ ދެކޮޅަށް ހިންގި ސިޔާސީ ހަރަކާތުގެ މައި އިންޖީނަކީ ވިޔަފާރިވެރިޔާ ގާސިމު އިބްރާހީމެވެ. 

އިދިކޮޅު ސިޔާސީ ފިކުރު ފެތުރުމުގައި ދިވެހި އޮބްޒަރވަރ (ޑީއޯ) އިސް ދައުރެއް އަދާކުރިއެވެ. އިދިކޮޅު ސިޔާސީ ފިކުރު ފެތުރުމަށް މާލޭގައި ހުއްތީފައި އޮތް އައްޑުވަސް މަޖައްލާ ސިޔާސީ މަޖައްލާއެއް ގޮތުގައި ނެރެންފެށުނެވެ. އެއާއި އެކުއެކީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކުރެއްވުމަށް ރައީސް މައުމޫނު ނިންމެވުމުން ހާއްސަ މަޖިލީހަށް އިސްލާހީ ހަރަކާތުގެ ތެރެއިން ބަޔަކު އިންތިހާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. މި ހުރިހާ ކަންކަމުގެ މުގުލުގައި ހުންނެވީވެސް ގާސިމް އިބްރާހީމެވެ.

ގާނޫނު އަސާސީ އިސްލާހު ކުރަން އެއްކުރެވުނު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބުރާހީމް ގެނައުމަށް ރިފޯމިސްޓުން ކުރިމަސައްކަތް ކޮޅެއްގައި ނުޖެހި ރިފޯމިސްޓުން ވޯކްއައުޓް ކުރުމުން މަޖިލީހަށް ރައީސަކު ނުހޮވި މަޖިލިސް ހުއްޓުނެވެ. ހުއްޓިފައި އޮތް ރައްޔިތުންގެ ހާއްސަ މަޖިލިސް ހިނގައިގަތީ އޮގަސްޓް 12،13ގެ އެއްވުމާ ގުޅިގެން ހުރިހާ ރިޕޯމިސްޓުން ޖަލުގައި ހައްޔަރު ކުރުމަށް ފަހުގައެވެ. އައްބާސް އިބްރާހީމް ރިޔާސަތުގައި ބައިންދައިގެން ހާއްސަ މަޖިލިސްގެ ޖަލްސާތައް ފެށުނު ނަމަވެސް ދެއަހަރު ވެގެން ދިޔައިރު ވެސް ގާނޫނު އަސާސީގެ އެންމެ އަކުރެއްވެސް ލިޔެވި ފާހެއް ނުކުރެވުނެވެ. 

ސްނަމީއާއި ގުޅިގެން ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަ ކުރައްވަން ފައްޓަވާ އޮގަސްޓް 12،13 އާއިގުޅިގެން ހައްޔަރުކުރި އެންމެން ރައީސް މައުމޫނު މިނިވަން ކުރެއްވީ އިތުރު ތަހުގީގެއް ދައުވާއެއް ނުކުރާ ގޮތަށެވެ. ޖަލުން މިނިވަންވުމަށް ފަހު ދުވަސްކޮޅަކު ރާއްޖޭން ބޭރުގައި ހުންނެވުމަށް ފަހު ގާސިމް އިބުރާހީމް ގައުމަށް ވަޑައިގަތީ ރައީސް މައުމޫނުގެ ޕާޓީ ޑީއާރުޕީއަށް ސޮއިކުރައްވާ މާލީ ވަޒީރުކަމާއި މަނިޓަރީ އޮތޯރިޓީގެ ގަވަރުކަމާއެކުގައެވެ. އެންމެ ފަހުން ޑީއާރުޕީގެ ނައިބު ލީޑަރަކަށް ވެވަޑައިގެން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސަށް ވެވަޑައިގަތެވެ. ކުރިން އެ މަގާމު ގާސިމަށް ނުދެއްވަން އުޅުއްވި ހުރިހާ މެންބަރުންގެ ވޯޓު ހޯއްދަވައިގެންނެވެ. 

ކުރިއަށް ނުކަނޑާފައި އޮތް ގާނޫނު އަސާސީގެ މަސައްކަތް އަލިފުން ޔާއަށް ނިންމީ ގާސިމު އިބްރާހީމްގެ ރިޔާސަތުގައެވެ. 2007ގައި ގާނޫނު އަސާސީ ތަސްދީގުކުރެއްވުމާއެކު ސަރުކާރުގެ މަގާމްތަކުން އިސްތިއުފާ ދެއްވާ ޖުމްހޫރީ ޕާޓީ އުފައްދަވައިގެން އެމްޑީޕީއާއި ބައިވެރިވެ ވަޑައިގެން ރައީސް މައުމޫނުގެ ވެރިކަން ނިންމެވުމުގައި ކިންގ މޭކަރަކީ ގާސިމު އިބްރާހީމެވެ. ރައީސް ނަޝީދުގެ ވެރިކަން ވައްޓާލައްވާ ޑރ. ވަހީދަށް ވެރިކަން ހޯއްދަވާ ދެއްވުމުގައި ގާސިމްގެ ދައުރު ބޮޑެވެ. ރައީސް ޔާމީނާއި ރައީސް ސޯލިހަށް ވެރިކަން ލިބި ވަޑައިގަތީވެސް ގާސިމު އިބްރާހީމްގެ ބޮޑު ދައުރަކާ އެކުގައެވެ. ނަމަވެސް 2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް އިބްރާހީމަށް ލިބިވަޑައިގަތީ ލަދުވެތި އަދަދެއްގެ ވޯޓާއެކު ފަސްވަނައެވެ. 2023 ގެ ކިންގ މޭކަރއަކަށް ވެވަޑައިގަތީ ރައީސް ނަޝީދެވެ. ޒަމާނުއްސުރެ ގާސިމް އިބްރާހީމަށް އޮތް ކިންގ މޭކަރކަން ހަތިމުވީއެވެ.    

]]>
Wed, 29 Nov 2023 18:44:38 +0500 ހީރަސްނިއުސް
އިންޑިއާ & ރާއްޖެ: އެއްބަޔަކަށް އަނެއްބަޔަކު އައުޓެއް ނުކުރެވޭނެ https://heerasnews.com/1917 https://heerasnews.com/1917 ޒަމާނުއްސުރެ ރާއްޖެއަކީ ގިނަ ކަންކަމުގައި އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ. ރާއްޖެއާއި އިންޑިއާގެ ބަދަހި ގުޅުމަކީ ވަކި މީހަކު ވެރިކަމުގައި ހުރުމުން އެ މީހަކާ އޮންނަ ގުޅުމެއް ނޫނެވެ. އެއީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ ގުޅުމެކެވެ. އޮންނަ ސަރުކާރެއްގެ ގޮތުން ގުޅުންތައް ވަރުގަދަވުމާ ނުވުން އޮންނަނީ އެ ސަރުކާރެއްގެ އަމަލުތައް ހުންނަ ގޮތެއްގެ މައްޗަށެވެ.

އެންމެ ކައިރިން އެންމެ ހަރަދު ކުޑަކޮށް ޒަރޫރީ ބޭނުން ތަކަށް ބޭނުންވާ ގިނަ ބާވަތްތައް ދިވެހިން ހޯދާ ތަނަކީ އިންޑިއާއެވެ. އަލުއްވާއި ފިޔައާއި ކުކުޅު ބިހުން ފެށިގެން ހިލަޔާއި ހިލަވެއްޔަށް ދަންދެން އެތެރެ ކުރަނީ އިންޑިއާ އިންނެވެ. އެންމެ ގިނައިން ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އެތެރެ ކުރަނީ ވެސް އިންޑިއާއިންނެވެ. އަނެއްކޮޅުން އިންޑިއާގެ ކެރެލައާއި ކަރުނާޓަކައާއި މެޑްރާސްގެ މެޑިކަލް ޓޫރިޒަމްގައި ދިވެހިރާއްޖޭގެ ހިއްސާ ނުލާހިކު ބޮޑެވެ.

ރާއްޖޭގައި އިންޑިއާގެ ކުދި ބޮޑު އިންވެސްޓްމަންޓް ތަކާއި ވިޔާފާރިތައް އެހާމެ ގިނައެވެ. ރިސޯޓް ތަކުން ފެށިގެން ގޮސް ކަންމަތީ ފިހާރަތަކާ ހަމަޔަށް ރާއްޖޭގައި އިންޑިއާ ވަނީ ވަކި ހިއްޕާފައެވެ. ބިން ހިއްކުމާ މަގުހެދުން ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގައި އިންޑިއާ ކުންފުނިތައް އެހާ ގިނައެވެ.  

ދިވެހި ދައުލަތުގެ ހަރަދު ބަރަދު ހަމަޖެއްސުމުގައި މާލީ އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި މާލީ އެހީތެރިކަން އެންމެ ބޮޑަށް އަދި އެންމެ އަވަހަށް ފޯރުކޮށްދެނީ އިންޑިއާ އިންނެވެ. ހިލޭ އެހީއާއި ލޯނުގެ ގޮތުގައެވެ. އެހެން ގިނަ ގައުމުތަކާ ހިލާފަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން އެހިތެރިވެ ދެނީ އިންޑިއާއިންނެވެ.

ފެށުނީއްސުރެ އަސްކަރީ ގޮތުންވެސް އެންމެ ބޮޑު ގުޅުމެއް އޮންނަނީ ރާއްޖެއިން އިންޑިއާއި އެކުގައެވެ. ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ އުޅަނދު ފަހަރު ހަދިޔާ ކުރުމާއި އަސްކަރީ އާލާތް ދިވެހި އަސްކަރިއްޔާއަށް ފޯރުކޮށް ދިނުމުގައި އެންމެ ބޮޑަށް އެހީތެރި ވެދެނީ ވެސް އިންޑިއާއެވެ. އަސްކަރީ މީހުން ތަމްރީނު ކުރުމާއި އެނޫންވެސް އެތައް ރޮނގަކުން އިންޑިއާ އަސްކަރިއްޔާގެ މަދަދާއި އެއްބާރުލުން އަބަދުމެ ރާއްޖެއަށް ލިބެއެވެ. ހާއްސަކޮށް ގައުމީ ކާރިސާތަކާއީ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާ އޮންނަނީ އެންމެ ކައިރީގައެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ކަނޑުފޭރުން ހުއްޓުވުމުގައި ރާއްޖެއާއި އިންޑިއާ އަކީ އެއްވިސްނުމުގެ ދެގައުމެވެ. މަސްތުވާ ތަކެތީގެ ވިޔަފާރިއާއި ޓެރެރިޒަމާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ރާއްޖެއާއި އިންޑިއާ ހަރަކާތްތެރިވަނީ އެކުއެކީގައެވެ. ރާއްޖެއާ އިންޑިއާއަކީ އެއްގޮތަށްވުރެ ގިނަގޮތް ގޮތުން ވަކިވެވެން ނެތް ދެގައުމެވެ. ރާއްޖެއަށް އިންޑިއާ އައުޓެއް ނުކުރެވޭނެއެވެ. އިންޑިއާއަށް ރާއްޖެ ވެސް އައުޓެއް ނުކުރެވޭނެއެވެ. 

]]>
Mon, 16 Oct 2023 14:49:02 +0500 ހީރަސްނިއުސް
ދިވެހި މިނިވަންކަމުގެ ނާރެސް: އަބްދުއްސައްތާރު މުސާދީދީ https://heerasnews.com/1678 https://heerasnews.com/1678 ނަން: ސުމުއްވުލް އަމީރު އަބްދުއްސައްތާރު ފާމުލަދޭރި ކިލެގެފާނު

ބައްޕާފުޅު: އައްސުލްތާން އިބްރާހިމް ނޫރައްދީންގެ އަލްއަމީރާ ފާތިމާނޫރައްދީންގެ އަންނަބީލާ  ޢާއިޝަގެ  ދަރިކަލުން މޫސާ މުހައްމަދު ދީދީއެވެ.

މަންމާފުޅު: އައްސުލްތާނު އިބުރާހީމް ނޫރައްދީންގެ އަލް އަމީރު އަލީ ނޫރައްދީންގެ އަންނަބީލާ ޒުލައިޚާ އަލީއެވެ.

އުފަންވެވަޑައިގަތީ: 1936 ވަނަ އަހަރުއެވެ.

ކިޔަވާ ވިދާޅުވީ:  ސްރީލަންކާ އިންނެވެ.

އަދާކުރެއްވި ބައެއް މުހިންމު ވަޒީފާ:

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން

މިނިސްޓަރ އޮފް އެޑިއުކޭޝަން

މިނިސްޓަރ އޮފް ފިނޭންސް

މިނިސްޓަރ އޮފް ހެލްތު

މިނިސްޓަރ އޮފް ފިޝަރީޒު 

ލަންކާ ގައި ހުންނަވާ ދިވެހި ދައުލަތުގެ ސަފީރު ކަން 1960 ން 1967 އަށް

އދ. އަށް ކަޑަ އަޅުއްވާފައިވާ ދިވެހިދައުލަތުގެ ދާއިމީ މަންދޫބު ކަން 1967 ން 1970 އަށް

ފުރަތަމަ ވަޒީފާ އަދާކުރާން ފެއްޓެވީ ޝްރީލަންކާ ގައި ހުންނަ ދިވެހި އެމްބަސީގެ ސެކްރެޓެރީ ކަމުގެ މަޤާމްގައެވެ. އެވަޒީފާ ލިބިވަޑައިގަތީ 1957 ވަނައަހަރު ޖޫން 17 ވަނަ ދުވަހުއެވެ.

ގައުމީ ޚިދުމަތް: ތަފާތު ރޮނގު ރޮނގުން 50 ވަރަކަށް އަހަރު ދިވެހި ޤައުމަށް ޚިދުމަތް ކުރެއްވިއެވެ. އެކި ރޮނގު ރޮނގުން ދިވެހި ޤައުމަށް ޚިދުމަތް ކޮށް ދެއްވި ދިގު މުއްދަތުގެ ތެރޭގައި އެމަނިކުފާނުގެ ނަންފުޅު ދިވެހި ތާރީޚުގައި ފަވާލެވިގެން ދިޔައީ އިނގިރޭސިންގެ އަތުން ދިވެހި ޤައުމު މިނިވަން ކުރުމަށް އެކުރެއްވި މަސައްކަތުގެ ސަބަބުންނެވެ.

މިނިވަންކަމަށް ކުރެއްވި މަސައްކަތްޕުޅުގައި ހުރި ގޮންޖެހުންތަކުގެ ތަސައްވުރެއް:

އެއިރު އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮންނަތާ  70 އަށް ވެރެން ގިނަ އަހަރު ވެއްޖެއެވެ. ނަމުން ހިމަޔަތުގެ އަޅުވެތިކަމުގައި ވީދުވަސް ތަކުގައި ދިވެހި ދައުލަތުން އިނގިރޭސި ވިލާތަށް އަހަރަކު 2000 ޕައުންޑް ދައްކަން ޖެހެއެވެ. މިނިވަންކަން ލިބުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން މިޖިޒީ ކަނޑާ ލެވުނު ނަމަވެސް ދިވެހި ރަސްކަމަށް މީހަކު އިސް ކުރުމުގައި އިނގިރޭސިންގެ ލަފާ ހޯދަން ޖެހުމާއި  ދިވެހި ރައްޔިތުން ބޭރު ޤައުމު ތަކަށް ދަތުރު ކުރުމުގައި އިނގިރޭސި ޕާސްޕޯޓު ބޭނުން ކުރަން ޖެހުމާއި މިކަންކަން މިނިވަންކަން ލިބުމާހަމަށް ދެމިއޮތެވެ. އަދި މިނިވަންކަން ލިބުމާހަމައަށް އެއްވެސް ބޭރު ޤައުމަކާއިއެކު  ދިވެހިންނަން ގުޅުން ޤާއިމު ނުކުރެވެއެވެ. ނަމަވެސް ދާޚިލީ ކަންކަން ހިންގުމުގެ މިނިވަންކަން ދިވެހިންނަށް އޮތެވެ. 

ނަމަވެސް 1957 ވަނައަހަރު އައްޑޫ އަތޮޅު ގަން 100 އަހަރަށް އިނގިރޭސިން ނަށް ދިނުމާއި ގުޅިގެން އެދިމާވި މައްސަލަ ތަކުގެ ސަބަބުން އިނގިރޭސިން ދިވެހި ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން ފެށިއެވެ. ރައްޔިތުންގެ މަޖިލީސް އަށް އެންގުމެއް ނެތި އައްޑޫ ގަން އިނގިރޭސިންނަށް ދިން މަސްއަލާ ގައި އެއިރު ޤައުމުގައި ހުންނެވި ބޮޑުވަޒީރު ޤައުމަށް ޚިޔާނާތްތެރިވެއްޖެކަމަށް ބަލައި އެކަން މަޖިލިސްއަށް ހުށަހަޅާ ބަހުސް ކުރަން ފެށުމުން ބޮޑުވަޒީރު އިސްތިއުފާ ދެއްވިއެވެ.

1957 ޑިސެންބަރު 12 ވަނަ ދުވަހު އެހެން ބޭފުޅަކު ބޮޑުވަޒީރުކަމަށް އިސްކުރުމާއި ގުޅިގެން  އަލަށް އިސްކުރެވުނު ބޮޑުވަޒީރު އިނގިރޭސިންގެ އެދުން ތަކަށް ވަރަށް ބޮޑަށް ދެކޮޅު ހެދުމުގެ ސަބަބުން ދެކުނުގެ ހަތަރު އަތޮޅުގައި ވަރަށް ބޮޑު ހަމަނުޖެހުމެއް ހިނގައިދިޔައެވެ. މިކަމުގެ އަޑީގައި ތިބީ އިނގިރޭސިންނެވެ. މިހަމަނުޖެހުން ގަޑުގެ ތެރޭގައި އެންމެ ފަހުން ދެކުނުގެ ހަތަރު އަތޮޅު ދިވެހި ދިދައިގެ ދަށުން ވަކިވެ އަމިއްލަ ދައުލަތެއް އުފެއްދިއެވެ. މި މަސްއަލަ ހައްލުކުރަން ދިވެހިން ވަރަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވިއެވެ. މަސްލައިގެ ބޮޑުކަމާއި މިކަމުގެ އަޑީގައި އޮތް ދައުލަތުގެ މިލިޓަރީ ބާރާއި ވަރުގަދަ ކަން ދިވެހިންނަށް އިޙުސާސް ވީހިނދު އިނގިރޭސިންނާއި ވާހަކަ ދައްކައިގެން ސުލްޙަ ވެރިކަމާ އެކު މިމަސްއަލާ ހައްލުކުރުމުގެ މަސައްކަތް ފެއްޓެވިއެވެ

މަސައްކަތުގައި ބޮޑުވަޒީރުގެ ދަށުން އެންމެއިސް ދައުރެއް އަދާކުރެއްވި  ބޭފުޅަކީ އަބްދުއް ސައްތާރު މޫސާދީދީ އެވެ. ސުލްޙައިގެ މަސައްކަތް ކުރިއަށް ދިޔައިރު ދިވެހިންނަށް އިޙުސާސް ވަމުން ދިޔަ އެންމެ ބޮޑު އެއް ކަމަކީ, އިނގިރޭސިން  ދިވެހި ސަރުކާރުގެ އަމުރު ތަކަށް ބޯނުލެނބުމެގެ އެންމެ ބޮޑު ސަބަބަކީ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި ދިވެހިރާއްޖެ އޮތުމެވެ. މިކަން މިގޮތަށް އިޙުސާސުވި އެއް ހާދިސާ އަކީ, ދިވެހި ރައްޔިތަކާއި އޭނާގެ އާއިލާ ދިވެހި ސަރުކާރުގެ ހުއްދަ  އަކާއިނުލައި  ދިވެހި ސަރުކާރަށް އެންގުމެއް ނެތި ރާއްޖެ އިން ބޭރުކޮށް އިނގިރޭސިންގެ  ދަށުގައި އޮތް އެހެން ޤައުމެއްގައި ވަޒަންވެރިކުރި ހާދިސާ އެވެ. މި ކަމާއި ގުޅިގެން ދިވެހި ސަރުކާރުން އިނގިރޭސިން ނާއި ސުވާލު ކުރުމުން ދެއްވި ޖަވާބަކީ, އިނގިރޭސި ރައްޔިތަކު އިނގިރޭސިން ބޭނުން ތަނަކަށް ގެންދިއުމުގައި ދިވެހި ސަރުކާރުގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށެވެ.

އިނގިރޭސިން ގެ ފަރާތުން އައި އެތައް ގޮންޖެހުން ތަކެއްގެ ސަބަބުން އިނގިރޭސިންގެ އަތުން މިނިވަންކަން ހޯދުމަށް އެއިރު އޮތް ސަރުކާރުން ނިންމެވިއެވެ. މިކަމަށް ދިވެހި ދައުލަތުން އައްޔަން ކުރެއްވި ބޭފުޅަކީވެސް އަބްދުއް ސައްތާރު މޫސާދީދީ އެވެ. ބޮޑުވަޒީރުގެ އިރުޝާދުގެ ދަށުން އެމަނިކުފާނުގެ ވިސްނުންތެރި ކަމާއި ހިކުމަތު  ޢަމަލީގައި  އެކުރެއްވި މަސައްކަތުގެ ނަތީޖާ އަކަށްވީ 1965 ޖުލައި 26 ގައި ދިވެހި ޤައުމަށް މިނިވަންކަން ލިބިގެން ދިޔުމެވެ.

މިހާތަނަށް އިނގިރޭސިންގެ  އަތުން މިނިވަން ވެފައިވާ 58 ޤައުމު ވެސް މިނިވަން ވެފައި ވަނީ އިނގިރޭސިންނާއި ސުލްހަވެރި ކަމާއެކު ވާހަކަ ދައްކައިގެންނެވެ. އިނގިރޭސން ނާއި ހަނގުރާމަ ކޮށް އިނގިރޭސިން މިލިޓަރީ ގޮތުން ބަލިކޮށްގެން މިނިވަންކަން ހޯދި އެއްވެސް ޤައުމެއް ނެތެވެ. ސުލްހަވެރި ކަމާއެކު ވާހަކަ ދައްކައިގެން މިނިވަންކަން ހޯދި ޤައުމު ތަކުގެ ތެރެއިން އެންމެ އާދަޔާ ޚިލާފު ޝަހުސިއްޔަތު ތަކެއް ފެނިގެން ދިޔަ ޤައުމަކީ އިންޑިއާ އެވެ. 

އިންޓަގްރިޓީ

އަބްދުއް ސައްތާރު ފާމުލަދޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއަކީ ނަޒާހަތްތެރި ޝަހުސިއްޔަތެކެވެ.  1972 ވަނައަހަރު އެ މަނިކުފާނު ރާއްޖޭގެ ބޮޑުވަޒީރު ކަމަށް ނުވަތަ ރާއްޖޭގެ ވެރިކަމަށް, އިންތިޚާބު ކުރިއެވެ. ނަމަވެސް ވެރިކަން ޤަބޫލު ނުކުރެއްވިއެވެ. އެ މަނިކުފާނު ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ތަކުގައި ޚަރަދު ކުރައްވަން ދޭ ފައިސާ އިން ބާކީވާބައި އަނބުރާ މާލިއްޔާއަށް ރައްދު ކުރައްވައެވެ.

ރާއްޖޭގައި ލިޔެވިފައިވާ ތާރީޚު ފޮތްތަކުގެ ސަފުހާތައް  ކިޔާލާއިރު އަބްދުއްސައްތާރަށް ވުރެ މޮޅު ހަނގުރާމަ ވެރިން އަދި މާކުޅަދާނަ ސިޔާސީ ލީޑަރުން އުފެދިފައިވާ ކަން އެނގެން އެބަހުއްޓެވެ. ނަމަވެސް ތެދުވެރި ކަމާއި, އަމާނާތްތެރި ކަމާއި, މުރުއްވަތްތެރިކަމާއި ރިވެތި އަޚުލާޤުގައި އެފަދަ ދެވަނަ އެއް ރާއްޖޭގައި އުފެދިފައިވާ ކަން ތާރީޚުން އެނގޭ ކަށް ނެތެވެ. ދުވަހަކުވެސް މީހަކު ލިޔެފައިވާ އެއްޗަކުންވެސް އަދި ބުނެފައިވާ ބަހަކުންވެސް އެމަނިކުފާނާއި މެދު އިހާނެތިކޮށް މީހަކު އެއްޗެއް ބުނި އަޑެއް އިވިފައި ނުވަތަ ފެނިފައި ނެތެވެ. އެންމެންގެ ދުލުން ވެސް އަދި ލިޔުމުން ވެސް ބުނަނީ އެއީ ހާދަހާ ރަނގަޅު ބޭފުޅެއް ކަމަށެވެ.

އަވަހާރަވީ: 27 ނޮވެމްބަރ 2015 ގައެވެ. މާތް ﷲ އެމަނިކުފާނުގެ ފުރާނަ ފުޅަށް ހެޔޮ ރަހުމަތް ލައްވާށިއެވެ. އާމީން.

މައިގަނޑު މައުލޫމާތު ނަކަލުކުރީ: އަލްއަޚް އަބްދުއްލާ ސައީދު- ނ. މަނަދޫ ގެ ލިޔުއްވުމަކުން

]]>
Thu, 27 Jul 2023 13:18:25 +0500 ހީރަސްނިއުސް